ސުންނަތް ޖަމާޢަތުގެ އަހުލުވެރިން އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާށެވެ! (17)

ނިންމާލަމުން ޝަރުޢީ ޢިލްމު އުނގެނުމުގެ ހެޔޮތައުފީޤު ދެއްވިކަން މައްޗަށް އެކަލާނގެއަށް ޙަމްދުކުރުމަށް ނަޞޭޙަތްތެރި ވަޞިއްޔަތް ކުރަމެވެ. އަދި އެޢިލްމު އުނގެނުމުގައި ﷲ އަށް އިޚްލާޞްތެރިވުމަށާއި އެ ޢިލްމު ހޯދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ގަދައަޅާ ކުރުމަށާއި ޢިލްމު ހޯދުމުގައި ވަގުތުހޯދުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ނަޞޭޙަތްތެރިވަމެވެ. ފަހެ އެހެނީ ޢިލްމަކީ ކުރެވޭ އުންމީދަކުން އަދި ކަންނެއްކަމާއި ކަންފަސޭހަކަމާއެކު ޙާޞިލް ކުރެވޭނެކަމެއް ނޫނެވެ. يحيى بن أبي كثير اليمامي  ވިދާޅުވެފައިވެއެވެ. "ޢިލްމަކީ ހަށިގަނޑުގެ އަރާމާއެކު ޙާޞިލުވާނެ އެއްޗެއް ނޫނެވެ." (رواه مسلم في صحيحه بإسناده إليه في أثناء إيراده أحاديث أوقات الصلاة)

ފަހެ ޢިލްމާއި ޢިލްމުގެ އަހުލުވެރިންގެ މާތްކަމާއި ޝަރަފު ބަޔާންކުރައްވާއި މާތް ﷲ ކީރިތި ޤުރްއާނުގައި އެތައް އާޔަތްތަކެއް ބާވައިލައްވާފައި ވެއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ އެތައް ޙަދީޘްފުޅުތަކެއް ވާރިދުވެގެން ވެއެވެ. މާތް ﷲ ވަހީކުރެއްވިއެވެ. "شَهِدَ اللَّهُ أَنَّهُ لا إِلَهَ إِلاَّ هُوَ وَالْمَلائِكَةُ وَأُوْلُوا الْعِلْمِ ( آل عمران : 18) މާނައީ "މާތް ﷲ އާއި މަލާއިކަތްބޭކަލުންނާއި ޢިލްމު ދެވިގެންވާ މީހުން މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް ހެކިވެވޮޑިގަންނަވަތެވެ."

އެހެން އާތަޔެއްގައި ވެއެވެ. "قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لا يَعْلَمُونَ "( الزمر:9) މާނައީ "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ވާނޭހެއްޔެވެ؟ "އަދިވެސް ވަޙީކުރައްވާފައި ވެއެވެ." يَرْفَعْ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ "( المجادلة :11) މާނައީ "ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި ޢިލްމުދެވުނުމީހުން ﷲ تعالى ދަރަޖަތަކަށް އުފުއްލަވައެވެ."

އަދިވެސް ވަޙީކުރެއްވިއެވެ." وَقُلْ رَبِّ زِدْنِي عِلْماً "(طه : 114) މާނައީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރި އިލާހު ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާންދޭވެ!"

ޢިލްމުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދިޘް ބަސްފުޅުތައް:

من يرد الله به خيراً يفقهه في الدين " أخرجه البخاري (71) ومسلم (1037) މާނައީ "މާތް ﷲ އެމީހެއްގެ ކިބައިން ހެވެއް އިރާދަކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ފިޤުހު ދެއްވަވައެވެ" އިސްވެދިޔަ ޙަދީޘް ބަސްފުޅުން ދޭހަކޮށްދެނީ މީހަކަށް ދީނުގެ ފިޤުހުވެރިކަން ލިބުން އެއީ މާތް ﷲ އެމީހަކާމެދު ހެޔޮގޮތް އިރާދަކުރައްވާފައިވާ ކަމުގެ ޢަލާމާތެކެވެ. އެހެނީ އޭނާ އެޢިލްމުގެ މައްޗަށް ޙައްޤު ގޮތުގައި ﷲ އަށް އަޅުކަން ކުރެއެވެ. އަދި އަނެކާއަށް ސިދާވެގެންވާ މަގަށް ގޮވާލައެވެ.

"خيركم من تعلم القرآن وعلمه" رواه البخاري (5027) މާނައީ "ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ ޤުރްއާން އުނގެނި ޤުރްއާން އުނގަންނައިދިން މީހާއެވެ."

"إن الله يرفع بهذا الكتاب أقواماً ويضع به آخرين" رواه مسلم (817) މާނައީ "ހަމަކަށަވަރުން މާތް ﷲ މިފޮތުގެ ސަބަބުން ބަޔަކު ( ގެ ދަރަޖަ) އުފުއްލަވާނެތެވެ. އަދި މިފޮތުގެ ސަބަބުން (އެބަހީ އެފޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން) އަނެއް ބަޔަކު ނިކަމެތި ކުރައްވާނެތެވެ.
 
"نضر الله امرءاً سمع مقالتي فوعاها وأداها كما سمعها " وهو حديث متواتر، جاء عن أكثر من عشرين صحابياً، ذكرت رواياتهم في كتابي "دراسة حديث { نضر الله امرءا سمع مقالتي } މާނައީ "ތިމަންކަލޭގެފާނުންގެ ބަސްފުޅެއް އަޑުއަހައި ދަސްކޮށް އެ އަޑުއިވުނުގޮތަށް އަނެކާއަށް ނަޤުލުކޮށްދީފި މީހެއްގެ މޫނު މާތް ﷲ އަލިކުރައްވާނެތެވެ."

"من سلك طريقاً يطلب فيه علماً سلك الله عز وجل به طريقاً من طرق الجنة، وإن الملائكة لتضع أجنحتها رضاً لطالب العلم، وإن العالم ليستغفر له من في السموات ومن في الأرض، والحيتان في جوف الماء، وإن فضل العالم على العابد كفضل القمر ليلة البدر على سائر الكواكب، وإن العلماء ورثة الأنبياء وإن الأنبياء لم يورثوا ديناراً ولا درهماً، ورثوا العلم، فمن أخذه أخذ بحظ وافر " وهو حديث حسن لغيره، أخرجه أبو داود (3628) وغيره، وانظر تخريجه صحيح الترغيب والترهيب (70)
މާނައީ "ޢިލްމުހޯދުމަށްޓަކައި މަގެއް އިޚްތިޔާރުކުރާ މީހަކަށް އޭގެ ސަބަބުން މާތް ﷲ ސުވަރުގޭގެ މަގުތަކުގެތެރެއިން މަގެއް ފަހިކޮށްދެއްވައެވެ. ހަމަކަށަވަރުން ޢިލްމު އުނގެނޭ މީހުންނަށްޓަކައި މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަކުން ހިޔާ އަޅުއްވައެވެ. އެއީ އެމީހުން އެކުރާ ކަންތަކަށް ރުހިގެންވާ ކަމަށްޓަކައެވެ.

صلى الله عليه وسلم: " إذا مات الإنسان انقطع عنه عمله إلا من ثلاثة: إلا من صدقة جارية، أو علم ينتفع به، أو ولدٍ صالح يدعو له" رواه مسلم (1631)،
މާނައީ "އިންސާނާ މަރުވެއްޖެނަމަ އޭނާގެ ޢަމަލުތަކުގެތެރެއިން ތިންކަމެއް މެނުވީ އޭނާއާއި ގުޅުން ކެނޑެއެވެ. އެއީ ހިނގަހިގާހުންނަ ޞަދަޤާތަކުން މެނުވީއެވެ. ނުވަތަ ފައިދާކުރަނިވި ޢިލްމަކުން މެނުވީއެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާ ޞާލިޙު ދަރިއަކުން މެނުވީއެވެ."

"من دعا إلى هدى كان له من الأجر مثل أجور من تبعه، لا ينقص ذلك من أجورهم شيئاً ومن دعا إلى ضلالة كان عليه من الإثم مثل آثام من تبعه، لا ينقص ذلك من آثامهم شيئاً " أخرجه مسلم (2674).
މާނައީ "ހިދާޔަތުގެ މަގަކަށް ގޮވައިފިމީހަކަށް އެމަގަށް ތަބާވީ މީހަކަށް ލިބޭ ދަރުމައާއި ޘަވާބު ލިބޭނެތެވެ. އެއީ އެ ތަބާވީ މީހާގެ ދަރުމައިން އުނިކުރެވުމެއް ނެތިއެވެ. އަދި މަގުފުރެދުމަކަށް ގޮވައިފިމީހަކަށް އެމަގަށް ތަބާވީމީހަކަށް ލިބޭ ފާފަ ލިބޭނެތެވެ. އެއީ އެތަބާވީ މީހާގެ ފާފައިން އުނިވުމެއް ނެތިއެވެ."

އިންސާނާއަށް ފައިދާކުރަނިވި ކަންކަމުގައި އޭނާގެ ވަގުތު ހޭދަކުރުމަށްވެސް ވަޞިއްޔަތް ކުރަމެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "نعمتان مغبون فيهما كثير من الناس: الصحة والفراغ" رواه البخاري في صحيحه (6412) މާނައީ "މީސްތަކުންގެތެރެއިން ގިނަމީހުން އެދެނިޢުމަތަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. (އެއީ) ޞިއްޙަތު ސަލާމަތުން ހުރުމާއި، ހުސްވަގުތެވެ."

الإمام البخاري رحمه الله كتاب الرقاب  ގައި علي بن أبي طالب ގެ އަރިހުން ވާރިދުވެފައިވާ އަޘަރެއް ބަޔާންކުރައްވާފައިވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ." ارتحلت الدنيا مدبرة، وارتحلت الآخرة مقبلة، ولكل واحدةٍ منهما بنون، فكونوا من أبناء الآخرة، ولا تكونوا من أبناء الدنيا؛ فإن اليوم عمل ولا حساب، وغداً حساب ولا عمل ".  11/235 مع الفتح "ދުނިޔޭގެ ދުވަސްތައް ފުރަގަހަށް ފާއިތުވެ ދެއެވެ. އަދި އާޚިރަތް އިންސާނާއާ ކުރިމަތިންލަމުން އަންނާނެތެވެ. އެއިން ކޮންމެ އެއްޗަކަށް ދަރިންތަކެއް ވެއެވެ. ފަހެ ތިބާ އާޚިރަތުގެ ދަރިންގެ ތެރެއިން ވާށެވެ!

ފަހެ އެހެނީ ހަމަކަށަވަރުން ޢަމަލުކުރުން ވަނީ މިއަދުއެވެ. މިއަދު ޙިސާބު ބެއްލެވުމެއްނެތެވެ. މާދަންވަނީ ޙިސާބު ބެއްލެވުމެވެ. ޢަމަލުކުރުމެއް ނެތެވެ.

ތިބާއާ ނުބެހޭ ކަންކަމުންދުރުވެ ރައްކާތެރިވެ ތިބާއާބެހޭ ކަންކަމުގައި މަޝްޣޫލުވުމަށް ނަބޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. من حسن إسلام المرء تركه ما لا يعنيه " حديث حسن، رواه الترمذي (2317) މާނައީ " ތިމާއާ ނުބެހޭ ކަންކަން ދޫކޮށްލުމަކީ ތިމާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ."

އަދި ކަންފަސޭހަކަމާއި ކަންކަމުގައި ޙައްދުފަހަނައަޅާ ދިޔުމުން ރައްކާތެރިވެފައިވާ މެދުމިނުގައި ޘާބިތުވެތިބުމަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ. "إياكم والغلو في الدين؛ فإنما هلك من كان قبلكم بالغلو في الدين " وهو حديث صحيح، أخرجه النسائي وغيره، انظر تخريجه في السلسلة الصحيحة للألباني (1283).  މާނައީ "ތިޔަބައިމީހުން ހައްދުފަހަނައަޅައި ދިޔުމުން ރައްކާތެރިވާހުށިކަމެވެ! ފަހެ އެހެނީ ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެގެން ގޮސްފައިވަނީ އެބައިމީހުން ދީނުގައި ޙައްދުފަހައަޅާ ދިއުމުންނެވެ. "

އަދި އަނިޔާވެރިކަމުން ދުރުވުމަށް ނަޞޭޙަތްތެރި ވަމެވެ. އެހެނީ ޤުދްސީ ހަދީޘެއްފައި މާތް ﷲ ވަހީކުރައްވަނީ މިފަދައިންނެވެ." يا عبادي! إني حرمت الظلم على نفسي، وجعلته بينكم محرماً فلا تظالموا " رواه مسلم (2577)، މާނައީ " އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން އަނިޔާވެރިކަންވަނީ ތިމަންރަސްކަލާނގެ ޛާތުފުޅަށް ޙަރާމްކުރައްވާފައެވެ. އަދި އެއީ ތިޔަބައިމީހުންގެ ތެރޭގައިވެސް ޙަރާމްކަމެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމުއެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިނުވާށެވެ! ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "اتقوا الظلم؛ فإن الظلم ظلمات يوم القيامة" رواه مسلم (2578). މާނައީ " ތިޔަބައިމީހުން އަނިޔާވެރިކަމުން ރައްކާތެރިވެތިބޭހުށިކަމެވެ! ފަހެ އެހެނީ އަނިޔާވެރިކަން ޤިޔާމަތް ދުވަހުންވާހުށީ އަނދިރިކަމެއްކަމުގައެވެ."

ދުޢާއަކީ މާތް ﷲ އެންމެހާ މީސްތަކުންނަށް ފައިދާހުރި ޢިލްމު އުނގެނުމަށާއި، އެއަށް ޢަމަލުކުރުމާއި ޢިލްމަށް ހޭލުންތެތިމާއެކު ދަޢުވަތު ދިނުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އަދި ޙައްޤުގެމައްޗަށް އެންމެން ޖަމާކޮށްދެއްވުމެވެ. އަދި ފާޅުވެގެންވާ ފިތުނައާއި ވަންހަނާވެގެންވާ ފިތުނައިން ރައްކާތެރިކޮށްދެއްވުމެވެ. ހަމަށަވަރުން އެކަލާނގެއީ އެންމެހާ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ.  وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وصحبه ومن تبعهم بإحسان إلى يوم الدين.

އަޞްލު ލިޔުއްވީ: އަލް ޢައްލާމާ ޢަބްދުލް މުޙްސިން އަލް ޢައްބާދު  حفظه الله 
ތަރުޖަމާ: އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން.


ނިމުނީ


އެންމެފަހުގެ ވީޑިއޯ
މަރުވުމަށްފަހު (ދަރުސް)